ads
އޮމިކްރޮންގެ އާ ވައްތަރެއް އަނެއްކާވެސް ފެނިއްޖެ
ކޮވިޑް-19 އިގެ އޮމިކްރޮން ވޭރިއަންޓްގެ އާ ސަބް-ލައިނޭޖެއް އިންޑިއާއިން ފެނިއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ބީއޭ.2.75 ގެ ނަމުން ނަންދީފައިވާ އޮމްކްރޯންގެ މި ސަބްވޭރިއަންޓު ފެނިފައިވަނީ، އިންޑިއާއިން ކަމަށެވެ.

މި އާ ވޭރިއަންޓު އިތުރަށް ދެނެގަތުމަށް އެ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުން ނެވެ.

އޮމިކްރޮން ސަބް-ވޭރިއަންޓް ބީއޭ.2.75 އެންމެ ފުރަތަމަ ރިޕޯޓުކުރީ އިންޑިއާ އިން ނެވެ.

އޭގެފަހުން 10 ވަރަކަށް ގައުމުން މި ސަބް ވޭރިއަންޓުގެ ކޭސްތައް ރިޕޯޓުކޮށްފަވެ އެވެ.

އޮމިކްރޯންގެ އިތުރު ސަބްވޭރިއަންޓެއް ފެނުނުއިރު، މި ވޭރިއަންޓުން މިހާތަނަށް ފެނިފަވާ ސަބް ވޭރިއަންޓުތަކުގެ ތެރެއިން ބީއޭ. 4 އަދި ބީއޭ.5 ވެސް ހަލުވިކަމާއިއެކު ދަނީ ފެތުރެމުން ނެވެ.

މިމަހުގެ ތިންވަނަ ދުވަހާއި ހަމަޔަށް މުޅި ދުނިޔޭން 546 މިލިއަން ކޮވިޑް ކޭސްތައް ވަނީ ފެނިފަ އެވެ. އަދި 6.3 ބިލިއަނަށް ވަނީ މި ބަލީގައި މަރުވި މީހުންގެ އަދަދު އަރާފަ އެވެ.

އޮމިކްރޯންގެ އާ ވޭރިއަންޓެއް އިންޑިއާއިން ފެނުނުއިރު، އެންމެ ގިނަ އާ ކޭސްތައް މިފަހުން ރިޕޯޓުކޮށްފަވަނީ ވެސް އިންޑިއާ އިންނެވެ. އެގޮތުން 112،456 ކޮވިޑް-19 އިގެ އާ ކޭސް އިންޑިއާއިން ރިޕޯޓުކޮށްފަ ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް