ads
ރައީސް ޔާމީން ހިޔާނާތުގެ މައްސަލައިގައި ކޯޓަށް ހާޒިރުކުރަނީ.. ފައިލް ފޮޓޯ
2023 ގެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަންފުޅު އޮންނާނެ: ޕީޕީއެމް
އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަންފުޅު އޮންނާނެ ކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދީފި އެވެ.
Advertisement

ރައީސް ޔާމީނަށާއި ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްތަކުގައި ޕާޓީއާއިމެދު ނަފްރަތާއި ނުތަނަވަސްކަން އުފައްދާ އެމަނިކުފާނުގެ ނަންފުޅު ކިލަބުކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، މިއަދު އެ ކޯލިޝަނުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، އެމަސައްކަތް އެންމެ ބާރަށް ކުރައްވަމުން ގެންދަވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

އެގޮތުން މީޑިއާތަކަށް ހަރަދުކޮށްގެން ޕީޕީއެމްގެ ނަން ކިލަބުކުރަން އާޓިކަލް ޖައްސަވާ ކަމުގެ ތުހުމަތު އަދުރޭ ކުރެއްވި އެވެ.

އެއީ ބޭކާރުކަމެއްކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ، 2023 ވަނަ އަހަރުގެ ވޯޓުކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

“ޕީޕީއެމްގެ މެމްބަރުންނަށް އަޅުގަނޑު ޔަގީންކޮށްދޭން ބޭނުން، މާޔޫސްވެވަޑައި ނުގަންނަވާށޭ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އިރާދަކުރެއްވިޔާ އޮންނާނެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން،” އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު ނުބާއްވަން ސަރުކާރާއި، ސަރުކާރާއި ގުޅިފަވާ ކޯލިޝަނުން ކުރަމުންދާ އެއްވެސް މަސައްކަތެއްވެސް ކާމިޔާބެެއް ނުވާނެ ކަމަށެވެ. އަދި އެއިން ޕާޓީއަކާއިއެކު 2023 ގައި ކޯލިޝަން ނަހާދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވުމުންވެސް ޕާޓީ ރޫޅޭނެ ކަމުގެ ނުބައި ހީތައް މީހުންގެ ހިތްތަކަށް ވައްދައިގެން ކުރި މަސައްކަތުގެ ތެރެއިން އެ ޕާޓީން މެމްބަރުން ގެއްލިގެން ދިޔަކަން އަދުރޭ ފާހަގަކުރެއްވި އެވެ.

ނަމަވެސް ޖަލުން މިނިވަންވެ، ވަޑައިގެންނެވުމާއި ހަމަޔަށް ޔާމީންގެ ފަހަތުގައި ޕާޓީ އޮތްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، ޖަލަށް ލެވިގެން ދިއުން ވެގެން ދިޔައީ ޕާޓީ އިތުރަށް ވަރުގަދެެވެގެން ދިޔަ ކަމެެއް ކަމަށެވެ. އަދި ޖަލުން މިނިވަން ވުމާއިއެކު ޕާޓީ އިތުރަށް ވަރުފަދަވެގެން ދިޔަ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ޖަލުން މިނިވަންވެ ވަޑައިގެން މިވަގުތު ހުންނެވި ނަމަވެސް އެމަނިކިފާނާއި ދެކޮޅަށް ކޯޓުތަކުގައި އަދިވެސް މައްސަލަތައް ދަނީ ހިނގަމުން ނެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް