ads
ރައީސް ސޯލިހު އަދި މިނިސްޓަރު އަމީރު
ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލަނި
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލަން މަސައްކަތް ކުރް ކަމަށް ބުނެފި އެވެ.
Advertisement

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރާ ވާހަކަތައް ދައްކަމުންދަނިކޮށް ސަރުކާރުގެ އިސް އޮފިޝލަކު ސީއެންއެމްއަށް ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ ވާހަކަ ދައްކާ އިރު ހަރަދުކުޑަ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.  

"ސީއެންއެމް" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ސަރުކާގެ ހަރަދުތައް ކުޑަކުރުމުގެ ސަރުކާރު ބައެއް ކުންފުނިތައް އުވާލުމުގެ ކަންކަން ކުރަމުންދާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އެންމެ ފުރަތަމަ އުވާލަން ނިންމާފައިވަނީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ކަމަށެވެ. އަދި މިހާރު އެކަމާއި ގުޅުގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ ސަރުކާރުން އިތުރު ކުންފުނިތަކެއް އުވާލުމާއި އަދި ހަރަދު ކުޑަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ .

"ހަރަދު ކުޑަކުރުމަށް ފިނޭންސްއިން ވަނީ އަންގާފައި. އެހެން ކަމުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މިވަގުތު އުވާލުމަށް ވަނީ ނިންމާފައި. އޭގެ ތެރެއިން އެންމެ ފުރަތަމަ އުވާލަން ނިންމާފައި މިވަނީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން. އޭގެ ފަހުން އަދި އިތުރު ކުންފުނިތައް އުވާލާނެ. މިހާރު އެ މަސައްކަތް ކުރަމުން ދަނީ." އޮފިޝަލް ވިދާޅުވި އެވެ.

 

ސަރުކާރުން ހަރަދުތައް ކުޑަކުރަން ކަމަށް ބުނެ ކުންފުނިތައް އުވާލަން ނިންމާފައި ވާއިރު، ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންގެ އަތުން ނަގާ ހަ އިންސައްތައިގެ ޖީއެސްޓީ، އަށް އިންސައްތައަށް ބޮޑުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށްވެސް ބޮޑުކުރަން ސަރުކާރުން ނިންމާ އެކަން ވަނީ އިއުލާން ކޮށްފަ އެވެ. 

މީގެ އިތުރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ފިޔަވަޅުތައް ނާޅައި ދައުލަތުގެ އާމްދަނީއާ ހަރަދާ ނުބައްދަލުވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށާއި އެއީ ބޭރުގެ މާލީ ހާލަތާއި އިގްތިސާާދަށް ބަލައި ފައިނޭންސް ކުރެވޭނެ ވަރުގެ އަދަދެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަަރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 13 އިންސައްތަ ކުރިއަރާނެކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރާ ބަލާއިރު 13 އިންސައްތަ އާއި 16 އިންސައްތަ އާއި ދެމެދު ކުރިއަރާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.  

0%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
68%
ވަރަށް ސަލާމް
ކޮމެންޓްސް