ads
ކެމިކަލް ސާފުކުރުމުގެ މަަަސައްކަތް ކުރަނީ
ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ ސިފައިން ހަރަކާތްތެރިވަނީ
އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ، މިއަދު ހެނދުނު 10:58 ހާއިރު ކަމަށެވެެ.

އެމައުލޫމާތާއިއެކު އެފްއާރުއެސްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އެ ކޮންޓޭނަރުން ލީކުވަމުންދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުން ނެވެ.  48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުން ނެވެ.

your imageކެމިކަލް ލީކުވާތީ، ފަޔަމަނުން ހަރަކާތްތެރިވަނީ

އެމްއެންޑީއެފުން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި ފުލުހުން ދަނީ ލީކުވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް