ads
މާލޭގައި އީދު ނަމާދު ކުރަނިކޮށް--
އީދު ނަމާދު ބޮޑު ޖަމާއަތް މާލޭގެ 3 ސަރަަހައްދެއްގަ، ވެހިކަލްތަކަށް ބަންދުވާނެ
މާދަމާ އޮންނަ އީދު ނަމާދުގެ ބޮޑު ޖަމާއަތައް މާލޭގެ ތިން ސަރަހައްދެއް ވެހިކަލްތަކަށް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

މިއަހަރުގެ ބޮޑު އީދު ނަމާދު، މާލެ ސަރަހައްދުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 32 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މާލޭ ސަރަހައްދުގައި، ބޮޑު އީދު ނަމާދުކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން މާލޭ ސަރަަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފަވެ އެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދެވެ. 

ފުލުހުން މިއަދު ބުނީ، އީދު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އީދު ނަމާދު ނިމެންދެން، އެމަގުތައް ވެހިކަލްތަކަށް ބަންދުވާނެ ކަމަށެވެ. 

މިނިސްޓްރީން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި، އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރާނެ ކަމަށެވެ. 

މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 32 މިސްކިތެއްގަ އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް