
ރާއްޖޭގެ ކްރިކެޓް ކުޅުންތެރިން
ރާއްޖޭން ތައިލެންޑް ބަލިކޮށްފި
ސްޕޯޓްސް ޓީމް
08 ޖުލައި 2022 - 16:24:23
ކުއަޑްރަންގިއުލާ ޓީ ޓުވެންޓީ ކްރިކެޓް ސީރީޒްގައި ރައްޖޭން ތައިލެންޑް ބަލިކޮށްފިއެވެ.
ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވުމުން ފައިނަލުގެ ކުޑަ އުއްމީދެއް ރާއްޖެއަށްވަނީ ލިބިފައެވެ.
މި މެޗުން ރާއްޖެ މޮޅުވީ ސާޅީސް އެއް ލަނޑުންނެވެ. މެލޭޝިޔާގައި ކުޅުނު މި މެޗުގައި ތައިލެންޑަށް ޓޮސް ދިމާވެގެން އެ ޓީމުން ގަސްދުކުރީ ފީލްޑް ނަގާށެވެ. ރާއްޖޭން ކުޅެން ނުކުމެ، ނަވާރަ ޕޮއިންޓް ތިނެއް އޯވަރެއް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ނުވަދިހަ ހަތް ލަނޑެވެ. ތައިލެންޑަށް ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ފަންސާސް ހަ ލަނޑެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް