ads
މި އީދުގައި ކުލަޖެހުން ފިޔޯރީ ކައުންސިލުން މަނާކޮށްފި
އީދުގެ އުފާ ފާޅުކުރުމަށް ޒަމާނުންސުރެ ކުރަމުން އަންނަ ކުލަ ޖެހުން ގދ.ފިޔޯރީ ކައުންސިލުން މަނާކޮށްފި އެވެ.
Advertisement

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އީދުތައް ފާހަގަކުރުމުގެ ނަމުގައި މަގުމަތީގައި އުޅޭ އާންމުންގެ ގަޔަށް ކުލަ ޖެހުމަކީ މަދުން ނަމަވެސް ފެންނަ ކަމެއް ކަމަށެވެ. އަދި އެއީ ހިތާމަކުރާ ކަމެއް ކަމަށާއި، މި ހިނގާ 1443 ވަނަ އަހަރު އަލްހާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފަވާ ކަމަށް އެ ބަޔާނުގައި ބުނެފަ ވެއެވެ.

ކައުންސިލުން ބުނީ އީދުތައް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުސްލިމުންގެ ތެރޭގައި އޮންނަ އަހުވަންތަ ކަމުގެ ގުޅުންތަށް ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

ކުލަ ޖެހުން ފިޔޯރީ ކައުންސިލުން މަނާކޮށްފަވާއިރު، ކުލަ ޖަހައިގެން ހިނގި ހަމަނުޖެހުމެއްގައި މިދިޔަ އަޖަރުތެރޭ ދެ ބަޔެެއްގެ ދެމެދުގައި ވަނީ މާރާމާރީ އެއްވެސް ހިނގާފަ އެވެ.

އެ މާރާމާރީ ހިނގާފަވަނީވެސް ކުލަޖަހަން ބޭނުން ނުވާ މީހަކު ގޭގައި އިންދާ އެހެންމީހަކު އައިސް  ކުލަ އުގުޅި މައްސަލައެއްގަ އެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް