ads
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް. އެކަކު ވަނީ ނިޔާވެފަ
ކާރު އެކްސިޑެންޓު: 3 މީހަކު އައިސީޔޫގައި، އެކަކުގެ ހާލު ރަގަޅުވެ ވޯޑަށް ބަދަލުކޮށްފި
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެމްޓީސީސީގެ ބަހުގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އެކަކުގެ ހާލު މިހާރު ރަގަޅުވަމުން އަންނަ ކަމަށާއި މިވަގުތު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 18:09 ހާއިރު އެވެ. 

މި އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާއިރު މި ކާރުގައި ދަތުރު ކުރި ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، ވަނީ ނިޔާވެފަ އެވެ. 

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި ތިން މީހުން މިވަގުތުވެސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. 

your imageއެމްޓީސީސީ ބަހަކާއި ކާރަކާއި ޖެހިގެން ހޯމަ ދުވަހު ހިނގި އެކްސިޑެންޓް..

މާފަންނުގައި ހުންނަ ކުޅިވަރު އެކުވެނި ސަރަހައްދުން ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް އިތުރު ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމްޓީސީސީ ބަހުގައި ޖެހި ހިނގި އެކްސިޑެންޓެކެވެ. 

your imageމިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް 

މި ފަހަކުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަކީ މި އެކްސިޑެންޓް ކަމަށްވާއިރުޔ އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ފުނޑުފުނޑު ވެފައެވެ. އަދި ކާރު ޖެހުނު އެމްޓީސީސީ ބަހަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް