ads
ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ..
ޝަރުތަކާއެކު ބޮޑުވަޒީރު އިސްތިއުފާ ދޭން ތައްޔާރު: ރަނިލް ވިކްރަމް
ޝަރުތަކާއެކު ބޮޑުވަޒީރު ކަމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ކޮލަމްބޯ ޕޭޖު ނޫހުގައި ރިޕޯޓުކޮށްފައިވަނީ ބޮޑުވަޒީރުކަމުން ރަނިލް އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި، އިސްތިއުފާ ދެއްވުމުގެ ކުރިން ޝަރުތު ތަކެއް ހުރި ކަމަށެވެ. 

ލަންކާގެ އެކި ސިޔާސީ ޕާޓީ ތަކުގެ އިސް ލީޑަރުންނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ރަނިލް ވަނީ އިސްތިއުފާ ދެއްވާނެ ޝަރުތު ކަނޑައަޅާފަ އެވެ. 

އެގޮތުން ހުރިހައި ޕާޓީތަކެއް އެކުލެވޭ ސަރުކާރެއް އުފެއްދެވުމާއި، މަޖިލީހުގެ މެޖޯރޮޓީވެސް ލިބުމުން އިސްތިއފާ ދެއްވަން ތައްޔާރު ކަމަށެވެ. 

ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ އެގައުމުގެ ރައްޔިތުން ވަނީ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ވެސް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ގޮވާލާ މުޒާހަރާވެސް ކޮށްފަ އެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައިވެސް ޕާޓީތަކުގެ އިސް ލީޑަރުން ވަނީ ގޮޓާބަޔާ އިސްތިއުފާ ދިނުމަށް ޑިމާންޑް ކޮށްފަ އެވެ. 

ލަންކާގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ރައީސްގެ ރިޔާސީ ގެކޮޅަށް ވަދެގަނެ ގޮޓަބަޔާގެ އިސްތިއުފާއަށް ގޮވައި އަޑު އުފުލާފައިވެ އެވެ. ނަމަވެސް އެވަގުތު ގޮޓަބަޔާ ގޭގައި ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބައެއް ތަންތަނުގައި އެއްވެ ތިބި މީހުންނާ ދެކޮޅަށް ފުލުހުން ކަރުނަގޭސް ބޭނުންކޮށްފަ ވެއެވެ. އަދި ފެން ބޮމެއް ބޭނުންކޮށް ވައިގެ ތެރެއަށް ބަޑިޖަހާފައިވެ އެވެ. އެކަމަކު އެއްވެ ތިބި މީހުން ދިޔައީ ނުހުއްޓި، ރައީސްގެ ރަސްމީ ގެކޮޅާ ދިމާއަށް ދަތުރުކުރަމުންނެވެ. އެ ހިސާބުގައި ޖަހާފަވާ، ބެރިކޭޑްތައް ފޫއަޅުވާލާ ގަނޑުވަރުގެ ތެރެއަށް ވަދެގަތް މީހުން ވަދެގަތީ ލަންކާގެ ދިދަތަކާއި ޝިއާރުތަ ހިފައިގެން ހަޅޭލަވަމުން ނެވެ. 

މިއަދު ވެރިރަށް ކޮލޮމްބޯގައި މުޒާހަރާ ކުރަން ރާވަމުންދިއުމުން ވަނީ ކާފިއުއެއްވެސް ނެރެފަ އެވެ. ނަމަވެސް ޕޮލިސް ކާފިއުގެ ނަމުގައި ނެރުނު ކާފިއު މިއަދު ވަނީ އުވާލާފަ އެވެ. އެއީ އެފަދަ ކާފިއުއެއް ގާނޫނުގައި ބަޔާންކޮށްފަ ނުވާތީ އެފަދަ ކާފިއު އަކީ ގާނޫނާ ހިލާފު ކާފިއުއެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި، ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ފާޑުކިޔުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް