ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ޕޮގްބާ އަލުން އެނބުރި ޔުވެންޓަސްއަށް އައީ، ޔުނައިޓެޑުން އޭނާއަށް ދެމުން ގެންދިޔަ މުސާރައަށް ވުރެ ކުޑަ މުސާރައަކަށެވެ. ދެ ކުޅުންތެރިންވެސް ޔުވެންޓަސްއަށް އައީ އެންމެ ފަހުން ކުޅުނު ކުލަބުތަކުގެ މެނޭޖްމަންޓާ ނުތަނަވަސްކަމެއް އޮތުމަށް ފަހުއެވެ. މި ދެ ކުޅުންތެރިންނަކީވެސް ކުރިން މެންޗެސްޓަރ ޔުނައިޓެޑުގައިވެސް ކުޅުނު ދެ ކުޅުންތެރިންނެވެ.
ޔުނައިޓެޑުގެ ޔޫތު ޓީމުން ފާހަގަވުމަށް ފަހު، ޔުވެންޓަސްއަށް ފުރަތަމަ ޕޮގްބާ ދިޔައީ ދެހާސް ބާރަވަނަ އަހަރުއެވެ. އޭގެ ފަހުން ދެހާސް ސޯޅަވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ފްރީ ޓްރާންސްފަރއެއްގައި އަނެއްކާ އެނބުރި ޔުވެންޓަސްއަށް ދިޔައީއެވެ.