ads
ޝިފާ ދިފުއްށީގައި އީދު ސަގާފީ ހަރަކާތެއްގެ ތެރެއިން
ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ރަތަށް!
ދިވެހިންގެ ތެރޭ މަދު ދުވަސްކޮޅެއް ތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި ނެށުންތެރިޔާ މަރިޔަމް ޝިފާ، އަލްހާ އީދު ފާހަގަ ކުރުމަށް ކ. ދިއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެރަށަށް ދިޔަ މައްސަލަ އާއި ގުޅިގެން އެރަށުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
Advertisement

އެރަށަށް ޝިފާ ދިޔައީ، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް (އެޑް) އިން މި އަހަރު އިންތިޒާމް ކުރި އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. އެހެން ނަމަވެސް ޝީފާ އެރަށަށް ގޮސް ހަރަކާތްތަކުގައި ބައިވެރިވުމުން، އެރަށުން ބަޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ޝިފާ އަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެފަ އެވެ. 

ޝިފާ އެރަށުގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވުމުން، ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ، ދާދި ފަހުން އާއްމުވި ޝިފާ އާއި އިތުރު އަންހެނަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއްގެ މައްސަލަ އާއި ގުޅިގެންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަދެއްކި އެރަށު މީހަކު ބުނީ، ޝީފާ ރަށަށް ގެނެސް އީދު ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އިންތިޒާމް ކުރި ޖަމިއްޔާ އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް (އެޑް) އިން ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމީ ރަށުގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެފަރާތުން ބުނީ، ޝިފާ ހަރަކާތްތަކުގައި ބައިވެރިވުމުން، އެ ހަރަކާތްތައް ބަލަންދިޔަ ބައެއް މީހުން ތަން ދޫކޮށް ދިޔަ ކަމަށާއި، އެއަށްފަހު ޝޯ ބަލަން ތިބީ، އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް (އެޑް) ގެ ބައެއް މެމްބަރުން އެކަނި ކަމަށެވެ. 

"ހަވީރުވެސް ޝިފާ އަރާ ނަށާ ކަންކަން ކުރުމުން، ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެތަން ދޫކޮށް ދިޔައީ. އަނެއްކާ ރޭގަވެސް ހަމަ ސްޓޭޖަށް އޭނާ އަރުވައިގެން އެ މީހުން ކުރިއަށް ގެންދިޔައީ. ބަޔަކު އެތަނުން ދިއުމުން އެތަނުގައި ދެން ތިބީ އެ ޖަމިއްޔާގެ ބައެއް މީހުންނާއި މަދު އާއްމުން ކޮޅެއް."

މީގެ އިތުރުން އެ ފަރާތުން ބުނީ، ޝިފާ އެރަށަށް ގެނައި މައްސަލައާއި ގުޅިގެން އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް އިން އެކަމުގެ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޝިފާ ހިމެނޭ ބޮޑުބެރު ގުރޫޕުން ކަމަށް އެ ޖަމިއްޔާއިން ބުނިކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް ގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އެ ފަރާތުން ފޯނަށް ޖަވާބު ދީފައި ނުވާތީ ވަނީ ބަހެއްް ލިބޭގޮތް ނުވެފަ އެވެ. 

ޝިފާ އާއި އިތުރު އަންހެނެއް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކާއި ގުޅިގެން ފުލުހުން ވަނީ، އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައި ވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. 

ދައުރުވަމުންދާ ވީޑިއޯ ތަކާއި ގުޅިގެން ޝިފާ ވަނީ މިއީ ބަޔަކު އޭނާގެ ސިޔާސީ ފިކުރު ބަދަލުވުމުން އޭނާގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ އެފަދަ ކަންކަން ކުރާ މީހެއް ނޫން ކަމަށާއި، ދައުރުވަމުންދަނީ ފޭކް ވީޑިއޯތަކެއް ކަމަށްވެސް ޝިފާ ވަނީ ބުނެފަ އެވެ.

15%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް