ރާއްޖޭޭގެ އެކި ކަންކޮޅު ތަކުގައި ދީނީ ހޭލުންތެރިކަަން ފެތުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް މިފަދައިން ވިދާޅުވެފައިވާއިރު އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެއް ތުހުމަތު ކުރެވޭ ޓިކްޓޮކްގެ މަޝްހޫރު ތަރި މަރިޔަމް ޝިފާ ކ.ދިއްފުށީގައި ސްޓޭޖް ޝޯ ހުށަހަޅައި ދިނުމަށް ދިއުމުން އެކި ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އަލީ ރަމީޒް ވިދާޅުވީ މިފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކުން ހެއްދެވި ފަރާތަށް ބިރުވެތިވެ މިފަދަ އަމަލުތަކުން ދުރުހެލިވެ ތައުބާ ވުމަށް ގޮވާލާ ކަމަށެވެ.
އަދި މިފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކަށް ގިނަ ބަޔަކު އެއްވެ ތިބޭ ސްޓޭޖް ފަދަ ތަންތަނުން މަރުހަބާ ކިއުމަކީ ވަރަށްވެސް ލަދުވެތި ކަމެއް ކަމަށްވެސް އަލީ ރަމީޒު ވަނީ ވިދާޅުވެފަ އެވެ.
ޝިފާ އިތުރު އަންހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް ދާދި ފަހުން މީސްމީޑިޔާގައި ލީކު ވުމާއި، ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޝިފާގެ އިތުރުން ބިދޭސީ ފިރިހެނަކާއެކު ރާއްޖޭގެ ހައި ޕްރޮފައިލްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ ތަކެއްގެ މައްސަލަތަކެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.