ads
ރައީސްގެ ދެކަނބަލުން ހައްޖުވެރިންނާއި ބައްދަލުކުރައްވަނީ
މިނާގައި ތިބި ދިވެހި ހައްޖުވެރިންނާއި ރައީސް ބައްދަލުކުރައްވައިފި
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހާލު ބައްލަވާލައްވައިފި އެވެ.

މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަޑައިގެންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ، ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިއީ ސައުދީ ސަރުކާރުން އެރުއްވި ދައުވަތަކަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވި ދަތުރުފުޅެކެވެ. 

މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފަ އެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް