ads
ޖޮކޮވިޗް، ވިމްބްލްޑަން ޓްރޮފީއާއެކު
ވިމްބްލްޑަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދައިފި
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ޖޮކޮވިޗް ވިމްބްލްޑަން ޓެނިސް މުބާރާތް ކާމިޔާބު ކުރީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ބަލިކޮށްގެނެވެ. މިއީ ޖޮކޮވިވް ވިމްބްލްޑަން ކާމިޔާބު ކުރި ހަތްވަނަ ފަހަރެވެ. އަދި މިއީ ދުނިޔޭގެ މި ވަގުތު އެއްވަނަ ކުޅުންތެރިޔާގެ ކެރިއަރުގެ އެކާވީސްވަނަ ގްރޭންޑް ސްލޭމްއެވެ.

މި އަހަރުގެ ވިމްބަލްޑަންގެ އަންހެން ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ، ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް