ads
ކަނޑުހުޅުދޫ ސްކޫލް ޓީޗަރުން... ފޮޓޯ/ ކަނޑުހުޅުދޫ ސްކޫލް ފޭސްބުކް ޕޭޖް
ރާއްޖޭގައި މިވަގުތު އިންޑިއާގެ 1674 ޓީޗަރުން އެބަތިބި
ރާއްޖޭގައި މިވަގުތު އިންޑިއާގެ 1674 ޓީޗަރުން ކިޔަވައިދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގައި އުޅޭ ބިދޭސީ ޓީޗަރުންގެ އަދަދު ރާއްޖޭގެ މީޑިއާ އަކާ ހިއްސާކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ބިދޭސީ ޓީޗަރުންގެ ގޮތުގައި 1710 ޓީޗަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 1674 ޓީޗަރުންނަކީ އިންޑިއާގެ ޓީޗަރުން ކަމަށްވެސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. 

ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ ޓީޗަރުން ތިބި ގައުމަކީ ލަންކާ އެވެ. އެގައުމުގެ 31 ޓީޗަރަކު ކިޔަވައިދެމުން އަންނަ އިރު އިޖިޕްޓިގެ ތިން ޓީޗަރަކާއި ޖޯޑަންގެ ޓީޗަރެއްގެ އިތުރުން ޕާކިސްތާނު ޓީޗަރެއް މިވަގުތު އަންނަނީ ރާއްޖޭގައި ކިޔަވައި ދެމުންނެވެ. 

މީގެ ކުރިން އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ބިދޭސީ ޓީޗަރުން ގެންނަން ޖެހެނީ އެކަށީގެންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ސަރުކާރުން މިހާރު ދިވެހި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ހެޔޮ ބަދަލާއި އެކު ދިވެހި ޓީޗަރުން ލިބުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނަފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް