ads
އައްޑޫ ފްލައިން ސްކޫލުގެ ތަމްރީނު..
އައްޑޫ ފްލައިން ސްކޫލުގެ އުދުހުމުގެ ތަމްރީނުތައް މެދުކެނޑުމަށްފަހު އަލުން ފަށައިފި
އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ފްލައިން ސްކޫލްގެ އުދުހުމުގެ ތަމްރީންތައް އައްޑޫގައި އަލުން ފަށައިފި އެވެ.

އައްޑޫ ފްލައިން ސްކޫލަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ ދަށުން ހިންގަމުންދާ އުދުހުމުގެ ތަމްރީންތައް ކުރިއަށްގެންދާ ސްކޫލެކެވެ. 

މިތަމްރީނުތައް މީގެ ކުރިން ހުއްޓާލުމަށްފަހު އަލުން މި ތަމްރީނުތައް އަލުން ފަށާފައިމިވަނީ އަހަރު ދުވަހަށް ފަހުގަ އެވެ. 

މީގެ ކުރިން އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން އައީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިންނެވެ. އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ހަމަވެފައިވަނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ. އޭއައިއޭއިން ވަނީ ލަންކާ ކުންފުންޏާއެކު އަލުން އެއްބަސްވުން އާނުކުރުމަށް ނިންމާފަ އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ބުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އުފުލި ބުރައަށް ފަހު ދަރިވަރުން ވަނީ ޕްރޮފެޝަނަލް ޕައިލަޓުންނަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަގުމަތީގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް