އެޗްޕީއޭއިން އާއްމު ކޮށްފައިވާ ނިމިދިޔަ ހަފްތާގެ ހިސާބުތަކަށް ބަލާ އިރު، މުޅި ޖުމްލަ 771 މީހަކު ވަނީ ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވް ވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 192 މީހަކާއި އަތޮޅު ތެރެއިން ބައްޔަށް ޕޮޒިޓިވްވި 304 މީހެއްގެ އިތުރުން އެހެން ތަންތަނުން ބައްޔަށް ޕޮޒިޓިވްވި 275 މީހެކެވެ.
މިދިޔަ ހަފްތާގައި ރާއްޖެއިން މިބަލި ޖެހިގެން 31 މީހަކު ވަނީ އެޑްމިޓް ކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން 183،491 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 307 މީހަކު މަރުވެފައި ވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.