މި މާރާމާރީ އާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ އުމުރުން 24 އަހަރުގެ އަހުމަދު ރަބީއު އާއި އުމުރުން 20 އަހަރުގެ މުނާދު ޖައުފަރު އެވެ.
ފުލުހުން ވަނީ މި ދެ މީހުން ހައްޔަރުކޮށްފައި ވާކަން ކަށަވަރުކޮށް ދީފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައި ވާއިރު، ރަބީއުގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 60 ދުވަސް ޖަހާފަ އެވެ. އަދި މުނާދުގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
މި ދެމީހުން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ނިންމީ ދެ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.