
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 ކޯޓާ އެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލި އެވެ.
ދިވެހި ހައްޖު މިޝަން އިން ބުނީ، ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށާއި، ފުރަތަމަ ފުލައިޓު 20 ވަނަ ދުވަހު ރާއްޖެ އަންނަ އިރު، ދެވަނަ ފުލައިޓު މިމަހުގެ 23 ވަނަ ދުވަހު އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ތިން ވަނަ ފުލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ހައްޖު މިޝަން އިން ވަނީ ބުނެފަ އެވެ.
ހައްޖު މިޝަން އިން އިތުރަށް ބުނީ، ހުރިހާ ހައްޖުވެރިން މިހާރު މައްކާގެ ދިވެހިންނަށް ހާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާ ކަމަށެވެ.