ads
ކެޓްރީނާ ކައިފް...
ބޮލީވްޑްގެ ބަތަލާ ކެޓްރީނާ ކައިފް ބަނޑުބޮޑުކަމަށް އަނެއްކާވެސް އަޑުފެތުރިއްޖެ!
ބޮލީވްޑް ގައި ފިޔަަޖަހަމުން އަންނަ ކުޅަދާނަ އެކްޓަރު ކެޓްރީނާ ކައިފް ބަނޑުބޮޑު ކަމުގެ އަޑުތައް އނެއްކާވެސް ފެތުރިއްޖެ އެވެ.

މިފަދަ އަޑުތަކެއް އަރާފައިވަނީ، ފިލްމީ މަސައްކަތާއި ތަންކޮޅެއް ދުރުގައި ކެޓްރީނާ ހޭދަކުރަމުންދާތީ އެވެ. އެއީ ކެޓްރީނާ ބަނޑުބޮޑުވުމުން ކަމަށް ގިނަ ބަޔަކު ވަނީ ބުނަންފަށާފަ އެވެ. 

ކެޓްރީނާގެ ބަނޑުބޮޑު ކަމަށް ބުނާ ހަބަރުތަކެއް މީގެ ކުރިންވެސް ދެފަހަރަކު ވަނީ އިންޑިއާގެ ނޫސްތަކުގައި ފެތުރިފަ އެވެ. އެހެން ނަމަވެސް އެ ދެފަހަރުގައިވެސް ކެޓްރީނާ ބަނޑުބޮޑުވެފަ އެއް ނުވެއެވެ. 

ކެޓްރީނާގެ ބަނޑު ބޮޑު ކަމަށް ބުނާ މިފަހަރުގެ ހަބަރު ތަކާއި ގުޅިގެން އޭނާ އަދި މިހާތަނަށްް އެއްވެސް އެއްޗެއް ބުނެފައެއްވެސް ނުވެއެވެ.

ކެޓްރީނާ ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް އާއެވެ. މި ދެތަރިން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަހު މަހުގެ ނުވަ ވަނަ ދުވަހު އެވެ. 

ކެޓްރީނާގެ ފިލްމީ ދާއިރާގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ބިރުވެރި އަދި ކޮމެޑީ ފިލްމެއް ކަމަށްވާ "ފޯން ބޫތު" އާއި ބޮލީވުޑުގެ ކުޅަދާނަ ބަތޮލެއްގެ ރޯލް ގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ސަލްމާން ހާން އާއި އެކު ކުޅެފައިވާ  "ޓައިގާ3" ގެ މަސައްކަތްތަކެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް