ads
މުޒާހަރާ ކުރާ މީހުންގެ ބޯމަތީ ވަށާ އެބުރެމުންދާ ހެލިކޮޕްޓަރު
މުޒާހަރާގެ ރޫޅާލުމަށް ބޯމަތީން ހެލިކޮޕްޓަރު، ކަރުނަގޭހާ، މައްޗަށް ބަޑިވެސް ޖަހަނީ
ބޮޑުވަޒީރު އޮފީސް ދަށަށް އެއްވެފައިވާ މީހުންގެ ބިރުގަންނަވާ، މުޒާހަރާ ރޫޅާލުމަށް ސިފައިން ހެލިކަޕްޓަރުގައި ކަރުނަ ގޭހާއި، މައްޗަށް ބަނޑިޖަހަން ފަށައިފި އެވެ.

ކަރުނަ ގޭސް އެކުލެވޭ އެއްޗެހިތަކެއް މަތިން ވައްޓަމުންދަނީ މުޒާހަރާގެ ތެރެއަށެވެ. އެ ސަރަހައްދުގެ ވީޑިއޯތަކުން ފެންނަގޮތުން ބައެއް ގޭ ގޭގެ މައްޗަށްވެސް ކަރުނަ ގޭސް ހުރި އެއްޗެހިތަކެއް ދަނީ ވައްޓަމުން ނެވެ. 

އެސަރަހައްދުގައި ހަަރަކާތްތެރިވާ ރިޕޯޓަރުން ބުނަނީ، ކަރުނަ ގޭހާއި މައްޗަށް ބަޑިޖަހަމުންދަނީ އެއްވެސް މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނޫން ކަން ފާހަގަވާ ކަމަަށާއި، ސިފައިންގެ މަގުސަދަކީ މުޒާހަރާގެ ބައިވެރިން ބައިބައި ކޮށްލާ މުޒާހަރާ ރޫޅާލުން ކަމަށެވެ.

ލަންކާގެ މަޝްރަހު އަނެއްކާވެސް ހޫނުވެ، މަގުތަކަށް މީހުން ނިކުމެފައިމިވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު، ބޮޑުވަޒީރު ރަނިލް އާއި ގައުމު ހަވާލުކުރައްވާ މިއަދު ރައީސް ގޮޓަބަޔާ ފިއްލެވުމުން ނެވެ. 

މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ގޮޓަބަޔާ އަބުރާ ގައުމަށް ފޮނުވާލުމަށާއި، ރަނިލް އަދި ގޮޓަބަޔާވެސް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށެވެ. އަދި އިސްތިއުފާ ދިނުމުން ނޫނީ މުޒާހަރާ ނުހުއްޓާނެ ކަމަށެވެ. 

ކަރުނަގޭހާއި މައްޗަށް ބަޑިޖެހުން ސިފައިން ކުރިއަށް ގެންދިޔަ ނަމަވެސް ރަނިލްގެ އޮފީސް ދަށުގައި މުޒާހަރާ ކުރާ ބައިވެރިން އެސަރަހައްދު ދޫކޮށް އަދިވެސް ނުދެ އެވެ. 

މިވަގުތު ގައުމު ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ރަނިލް ވަނީ ކުއްލި ހާލަތާއެކު އެކި ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް