އެ ސްޓޭޝަނުގެ ހިދުމަތް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
ސްޓޭޝަންގެ ހިދުމަތް މެދުކެނޑުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހަކު ހަބަރު ގެނެސްދެމުންދިޔަ ސްޓޫޑިއޯއަށް އަރާ ވާހަކަދައްކަމުން ދިޔަ ތަނެވެ. އޭނާގެ ވާހަކަ ނިމުމުން އެ ސްޓޭޝަން ވަނީ މެދުކަނޑާލާފަ އެވެ.
ރުޅިގަަދަވެފައިވާ މުޒާހަރާގެ ބައިވެރިން ދަނީ އަލަށް އައްޔަން ކުރެވުނު ވަގުތީ ރައީސް، ބޮޑުވަޒީރު ރަނިލްގެ އޮފީސް ދަށަށް ޖަމާވަމުންނެެވެ. މުޒާހަރާގެ ބައިވެރިން ދަނީ ރަނިލްގެ އިސްތިއުފާ އަށް ޑިމާންޑު ކުރަމުން ނެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެގައުމުގެ މީޑިއާތަކަށް ކަށަވަރުކޮށްދީފަވާގޮތުގައި ގޮޓަބަޔާގެ އިސްތިއުފާ މިއަދު ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.