
ހައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ
ހައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ފާތިމަތު އަހްމަދު ޝަރީފް
14 ޖުލައި 2022 - 08:46:47
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ، މިމަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ.
މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފަ އެވެ. މިއަހަރުގެ ހައްޖުދުވަހަކީ ޖުލައި އަށެއް ވީ ހުކުރު ދުވަހެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް