ads
ޔަޝް އޭނާގެ ފިރިހެން ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އާއި އޭނާގެ ފިރިހެން ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިިއެވެ.
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އާއި އޭނާގެ ފިރިހެން ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިި އެވެ.

ޔަޝް އާއި ރަދިކާ އަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އެމީހުނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އަންގާފައިވަނީ ދަރިފުޅަށް ހަތްމަސް ވެފައި ވަނިކޮށެވެ.

ދެވަނަ އަށް އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ގިނަ ބަޔަކު އެކުއްޖާގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާނެ އިރެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ ދަރިފުޅު ދައްކާލި ނަމަވެސް އެކުއްޖާގެ މޫނު އެފޮޓޯއިން ނުފެނެ އެވެ.


ޔަޝް އާއި ރާދިކާ ފުރަތަމަ ދިމާވީ ޓީވީ ޝޯ 'ނަންޑަގޮކުލް' އިންނެވެ. ދެ މީހުން ކައިވެނިކޮށްފައި ވަނީ ހަ އަހަރު ލޯބީގެ ގޮތުން އެކުގައި އުޅުމަށްފަހު 2016 ވަނަ އަހަރު އެވެ.

އުމުރުން 32 އަހަރުގެ ޔަޝް އާއި 34 އަހަރުގެ ރާދިކާ އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައވެ އެވެ. ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސަންތު ސްޓްރައިޓް ފޯވާޑް، ގޫގްލީ، ރާޖާ ހުލީ އަދި މާސްޓާ ޕީސް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް