ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއް އަހުލާގީ މިންގަނޑުން ބޭރު ވާހަކަ ދައްކާ ޕެސިންޖަރު ބޭލި މައްސަލަ ބަލާކަން ފުލުހުންވެސް ކުރުން ވަނީ ބުނެފައެވެ.
ޓްރާބްސްޕޯޓް މިނިސްޓްރީން ބުނީ މި މައްސަލާގައި ހިމެނޭ ޑްރައިވަރު ހޯދާ އޭނާއާއި މެދު ފިޔަވަޅު އަޅާފައިވާކަމަށެވެ. އެގޮތުން އޭނާ ޖޫރިމަނާކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ކާރަށް އެރި މީހާ ވަނީ އޭނާ ދަރިފުޅާއިއެކު ހުޅުމާލޭއިން މާލެއަށް އައުމަށް ޓެކްސީ އެރުމުން ޓެކްސީ ޑްރައިވަރުކަން ކަން ކުރިގޮތް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައެވެ.
އޭނާ ބުނީ ޓެކްސީއަށް އެރުވުމަށްފަހު ބޭކާރު އެތައް ވާހަކައެއް ޓެކްސީ ޑްރައިވަރު ދެއްކިކަމަށާއި އަދ ވަކި ހިސާބަކުން އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކިކަމަށެވެ. އެއަށްފަހު އޭނާގެ ހުއްދައާއެކު ޑްރައިވަރު އިތުރު މީހަކު ޓެކްސީއަށް އެރުވިކަމަށްވެސް ޕޯސްޓުގައި އެމީހާ ލިޔުނެވެ.
އަދި ޓެކްސީއަށް އެރުވި އިތުރު މީހާގެ އަތުން އަގު ނަގަންވާނީ ފުރަތަމަ ދަތުރު ނިމޭ ހިސާބުންކަމަށްވެސް އެމީހާ އަމިއްލައަށް ޝަރުތުކުރިކަމަށް ޕޯސްޓް ލިޔުނު ފަރާތް ބުނެ އެވެ. ޝަރުތާ އެއްބަސްވިނަމަވެސް ފަހުން އެކަމާ ޑްރައިވަރު ދެބަސްވެ، ދެކޮޅުހަދާ ރުޅި ގަދަކުރަން ފެށިކަަމަށް އޭނާ ބުނިއެވެ..
ޓެކްސީގެ އަގުތަކަށް ސަރުކާރުން ބައެއް ބަދަލުތައް ގެނައުމުން ޓެކްސީ ޑްރައިވަރުން އަންނަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.