ads
"ސައުދީ ޕާސްޕޯޓް" ގެ ނަމުގައި އުރީދޫއިން ސިމް ތައާރަފްކުރުމުގެ ރަސްމިޔާތުގައި މިނިސްޓަރު ޝަހީމް
15 ޖީބީ ޑޭޓާއާއެކު ހައްޖުވެރިންނަށް ހާއްސަ ރޯމިންގް ސިމެއް އުރީދޫއިން
15 ޖީބީ ޑޭޓާއާއެކު ހައްޖާއި އުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން "ސައުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

އުރީދޫއިން ބުނީ "ސައުދީ ޕާސްޕޯޓް" ޓްރެވަލް ސިމް ތައާރަފްކުރުމަކީ ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެގެންދާނެކަމަށް އުރީދޫއިން ފާހަގަކުރެއެވެ. 

ހައްޖު މޫސުމުގައި މި ސިމް ސައުދީގައި ބޭނުންކުރެވޭއިރު ސިމްގެ އަގަކީ 1 ހާސް ރުފިޔާ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

"މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ. އަދި ސައުދޫ އެއާރޕޯޓަށް ފައިބާފަ ސިމް ލެއްވުމުން އިންޓަރނެޓްގެ ހިދުމަތް ލިބޭނެ. މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ހިދުމަތެއް" އުރީދޫއިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން "ސައުދީ ޕާސްޕޯޓު" މި ސިމުގައި 15 ޖީބީ ޑޭޓާ އާއިއެކު 60 މިނެޓުގެ ކޯލުކުރުމަށް ލިބިގެންދާނެކަމަށް އުރީދޫއުން ބުނެ އެވެ. އަދި 60 އެސް.އެމް.އެސް ރޯމިންގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިމްއަކީ ބަންޑްލް ކުރެވިފައިވާ ސިމެއްކަމަށްވެސް އުރީދޫއިން ބުނެ އެވެ. އަދި އޭގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99 ރުފިޔާކަމަށް އުރީދޫއިން ބުނެ އެވެ.

މި ސިމްގެ ތައާރަފްއާ ގުޅިގެން އުރީދޫގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާނެ ފަދަ ހިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވަނީ އުރީދޫއަށް ޝުކުރު ދަންނަވާފައެވެ.އަދި މި ސިމަކީ މުޖުތަމައުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލެއްކަަމަށްވެސް އުރީދޫ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް