ads
އޭޑީއެންއޯސީގެ ކޮމްބައިންޑް ރޫވައިސް ރިފައިނަރީ
ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީގައި ތެލުގެ އަގު މައްޗަށް
އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ވެސް އާދަޔާ ހިލާފަށް ތެލުގެ އަގު މައްޗަށް ގޮސްފި އެވެ.

މީގެ އަހަރުތަކުގެ ކުރިން ޔޫއޭއީގައި ތެލުގެ އަގު ފެނާ އެއްވަރުގައި އުޅުނު ނަމަވެސް މިހާރު އެގައުމުގެ ތެލުގެ އަގު ވަނީ 70 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން މިހާރު އެގައުމުގައި ތެޔޮ ލީޓަރެއް އުޅެނީ އެއް އެމެރިކާ ޑޮލަރަށް ލީޓަރެކެވެ. 

ތެލުގެ އަގު މިހާ މައްޗަށް ގޮސްފައި މިވަނީ ޔުކްރެއިން ރަޝިޔާ ހަނގުރާމަ ފެށުމާއި ގުޅިގެން ނެވެ. އެކަމާގުޅިގެން ޔޫއޭއީ ސަރުކާރުން ވަނީ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އެހީވުމަށް 7.6 ބިލިއަން ޑޮލަރު ހަމަޖައްސާފަ އެވެ. އެގޮތުން އެހީވާން ނިންމީ 6،800 ޑޮލަރަށްވުރެ އާމްދަނީ ދަށް އާއިލާތަކަށެވެ. 

އަބޫދާބީ ސިޓީގެ ހުޅަނގުން 240 ކިލޯމީޓަރު ދުރުގައި އޮންނަ އޭޑީއެންއޯސީގެ ކޮމްބައިންޑް ރޫވައިސް ރިފައިނަރީއަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ރިފައިނަރީ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދައުލަތުގެ ދަށުން ހިންގާ މި އޭޑީއެންއޯސީ އަކީ މެދުއިރުމަތީގައި އެންމެ ކޮންޒަވޭޓިވް އެއް ތެޔޮ ކުންފުންޏެއްގެ ގޮތުގައި ދެކެމުން އަންނަ ކުންފުންޏެވެ.

ސައުދީ އަރަބިއްޔާ އާއި އިރާގުގެ ފަހަތުގައި، އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ގައުމުތަކުގެ ތިން ވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޔޫއޭއީ އިން ދުވާލަކު ގާތްގަނޑަކަށް ތިން މިލިއަން ފީފާ ޕަމްޕް ކުރެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ގިނަ ގައުމުތަަކަށް އިގްތިސާދީ ކާރިސާތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާއިރު، ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަން އިތުރުވާނެ ކަމަށް އދ އިން މީގެ ކުރިން ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް