އީފިއަސް ކޮލެޖަކީ ގާރީ ކޯހާއި، އިމާމު ކޯސް ފަދަ މުހިންމު ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އީފީއެސް ކޮލެޖުގެ ކޯސް ކޯޑިނޭޓަރު ސުހެއިލް އަލީ މިއަދު ވިދާޅުވީ އެ ކޮލެޖުން ހިންގަމުން އަންނަ ގާރީ ކޯސް ސްޓްފިކެޓް ލެވަލް އެކެެއްގައި ބައިވެރި ވުމުގެ ފުރުސަތު އެންމެންނަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.
ސުހެއިލް ވިދާޅުވީ ގާރީ ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައިވެރިވާ 25 ފަރާތަކަށް ގާރީ ކޯހުގެ ސެޓްފިކެޓް ލެވަލް އެކެއްގެ ކޯސް ހިލޭ ފުރިހަމަ ކުރުމުގެ ފުރުސަތު މިވަގުތު ހުޅުވާލާފައިވާ ކަމަށެވެ.
ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގަ އެވެ. ކޯހުގައި ބައިވެރި ވުމަށް މި ލިންކަށް ވަދެވުމުން އޮންލައިންކޮށް ބައިވެރިފުމަށް ފޯމު ފެނިވަޑައިގަންނަވާނެ އެވެ.