ads
އަލީ ޝަކީލް...
މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަކަށް ފެރިދޫ ޝަކީލް
މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަށް އަލީ ޝަކީލް އައްޔަނު ކުރައްވައިފި އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަކީ ޖަމިއްޔާތައް އުފައްދައި އެކުލަވާލުމާއި، ޖަމިއްޔާތަކާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރާ ފަރާތެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަކީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހުރިއްޔާ އައްޔަނުކުރައްވާ މަގާމެކެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝަކީލް އައްޔަންކޮށްފައިވަނީ އީދު ބަންދު ފެށުމުގެ ކުރިންނެވެ. ޝަކީލް ނިސްބަތްވެވަޑައިގެންފައިވަނީ އއ.ފެރިދު އަށެވެ.  

ޝަކީލް ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ކޯޑިނޭޓަރުގެ މަޤާމު އަދާކުރުމަށް ފަހު އެ ފެކަލްޓީ ހިންގެވުމުގައާއި އުނގަންނަވައި ދެއްވުމުގައި ދިގު މުއްދަތަކަށް އިސް ދައުރެއް އަދާކުރަށްވާފައެވެ.

ޝަކީލް ވަނީ އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން ބެޗްލަ އޮފް (އޮނަސް) އިސްލާމިކް ޝަރީއާ އަދި ބެޗްލަ އޮފް (އޮނަސް) އިން ދިރާސަތުލް އިސްލާމިއްޔާ ހާސިލް ކުރައްވާފަވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް