ads
ސުޝްމިތާ އަދި ލަލިތު
ސުޝްމިތާގެ އާ ލޯބިވެރިޔާ އަކީ މިއީ
ކުރީގެ މަޝްހޫރު ތަރި އަދި މިސް ޔުނިވާސް ސުޝްމިތާ ސެން، އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތް މޯދީ އިއުލާން ކުރީ ގްލޯބަލް ޓޯއެއްގަައި ރާއްޖޭގައި އުޅުމަށް ފަހު، އެނބުރި ލަންޑަނަށް ދިއުމަށް ފަހު ކުރި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި އޭނާ ވަނީ ސުޝްމިތާ އާއި އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި، އެންމެ ކުރީން އެ ދެ މީހުން އެކި ހަފްލާތަކުން ނަނގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެ ޓޯގައި ސުޝްމިތާ ވެސް ބައިވެރިކަން ހާމަކޮށް އޭނާ ވަނީ ސުޝްމިތާއަކީ އޭނާގެ “ބެޓާ ހާފް” ގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ފޮޓޯތައް އުމުރުން 56 އަހަރުގެ ލަލިތު ހާމަ ކުރުމާ އެކު ގިނަ ބަޔަކު ހީކުރީ، އެ ދެ މީހުން ކައިވެނި ކުރީކަމަށެވެ. ނަމަވެސް ފަހުން ލަލިތު ވަނީ އެ ދެ މީހުން ކައިވެނި ނުކުރާ ކަމަށާއި، އަދި ހަމައެކަނި "ޑޭޓް ކުރަނީ" ކަމަށް ބުނެފަ އެވެ. ނަމަވެސް އުންމީދަކީ ވަރަށް އަވަހަށް ކައިވެނި ވެސް ކުރެވުން ކަމަށް އޭނާ ބުނެފަ ވެއެވެ. 

އުމުރުން 46 އަހަރުގެ ސުޝްމިތާ 56 އަހަރުގެ ވިޔަފާރިވެރިޔާ ލަލިތު އާ ރަށްޓެހިވީ ކަމުގެ ހަބަރުތަކުން އެންމެ ގިނަ ބަޔަކަށް ޝޮކެއް ލިބުނީ ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކުން ލަލިތު މާ މުސްކުޅި ކޮށް ފެންނާތީ އެވެ. ގިނަ ފޭނުން ބުނަމުން ދަނީ އެ ދެ މީހުން ނުގުޅޭ ކަމަށެވެ. 

ލަލިތު ވަނީ މީގެ ކުރިން މީހަކާ އިނދެފަ އެވެ. އެ ކައިވެންޏަަށް ދެ ކުދިން ވެސް ތިބެ އެެވެ. 1991ވަނަ އަހަރު ކުރި އެކައިވެނި ނިމުމަކަށް އައީ 2018 ވަނަ އަހަރު އެވެ. އެއީ އޭނާގެ އަންހެނުން ކަންސަރުގައި މަރުވުމުން ނެވެ.

ވިޔަފާރިވެރިޔާ ލަލިތު ލޯބީގެ ގޮތުން ސުޝްމިތާ އާއި ގުޅިގެން އުޅޭކަން ހާމަ ކުރި ނަމަވެސް، އަދި މިހާތަަނަށް ސުޝުޝްމިތާ އެކަން ހާމައެއް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރާ ސުޝްމިތާ މިފަހަކުން ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފަ އެވެ. އަދި ފޮޓޯތަކާ އެކު އިޓްސް އޯލް ހެޕެނިން، ސާޓާޓިން ނިއު ބިގްނިން ފަދަ ހޭޝްޓެގުތައް ބޭނުންކޮށްފަ ހުރެ އެވެ. 

ސުޝްމިތާ މިފަހަރު އުމުރުން ދޮށީ މީހަކާއި ލޯބީގެ ގޮތުން ގުޅުނު އިރު، އެންމެ ފަހުން ލޯޯބީގެ ގޮތުން ގުޅިގެން އުޅުނީ ސުޝްމިތާއަށް ވުރެ އުމުރުން އެތައް ގުނަ ހަގު މީހަކާއެވެ. އޭނާ އާ ގުޅުން ކެނޑުނުތާ މިހާރު މަސްތަކެއް ވެއްޖެކަމަށް ވެ އެވެ. 

27%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް