
ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލުމަށް ފަހު މޯނީ އެނބުރި އޭނާގެ ގައުމަށް މިހާރު ގޮސްފައިވާ ކަމަށް ބެލެވޭއިރު މޯނީ ވަނީ އޭނާގެ 11.4 މިލިއަން ފޮލޯވަރުންނަށް ރާއްޖޭގައި ހޭދަކުރި ޗުއްޓީ ހިއްސާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ގޮނޑުދޮށްތަކުގެ ހިތްގައިމުކަން ދައްކުވައިދޭ ގިނަ ފޮޓޯތަކެއް އޭނާ ހިއްސާކުރި އެވެ.
ދެހާސް ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މޯނީގެ އެންމެ ފުރަތަމަ މަސައްކަތަކީ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" އިންނެވެ.
ދެހާސް އަށް ވަނަ އަހަރާއި ހަމައަށް ދިގު ދެމިގެންދިޔަ އެޝޯއަށް ފަހު މޯނީ ވަނީ 2015 ވަނަ އަހަރު ފެށި "ނާގިން" ޝޯގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައީ އެ ހިސާބުންނެވެ. އެއަށް ފަހު ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްއާއެކު "ގޯލްޑް"ގައި ވެސް މޯނީ މަސައްކަތް ކުރިއިރު ބޮލީވުޑުން ވެސް އޭނާއަށް މިހާރު އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.