ads
އުނޑޫދޫ---
ފަޅު ރަށެއްގަ ބިދޭސީއެއްގެ އެތައް މިތަނަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފި
ބ. އަތޮޅުގެ ފަޅު ރަށެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ގަޔަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
Advertisement

ހަމަލާގައި ޒަހަމުވި 45 އަހަރުގެ މީހާއަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާއިރު، އޭނާއަށް އެއަތޮޅު އޭދަފުށީ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ނެވެ. ފުލުހުން "ސީއެންއެމް" އަށް މިއަދު ބުނީ، އޭނާގެ ހާލު ސީރިއަސް ކަމަށެވެ. 

މި ހަމަލާއާއި ގުޅިގެން 43 އަހަރުގެ ބިދޭސީ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މާރާމާރީ ހިނގާފަވަނީ ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގަ އެވެ. "މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފަވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 21:57 ގައި" ކަމަށް ފުލުހުން ބުންޏެވެ. 

މައުލޫމާތު ލިބެނީ އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޅިން ހަމަލާދީފަވާތީ ފުން ޒަހަމުތަކެއް ލިބިފަވާ ކަމަށެވެ. ނަމަވެސް މިހާދިސާގެ އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ބ. އަތޮޅު ކުޑަރިކިލު ކައިރީގައި އޮންނަ ގާތްގަޑަކަށް 15 ހެކްޓަރު ހުންނަ މި ފަޅު ރަށަކީ މީގެ އެތައް އަހަރެއް ކުރިން މީހުންވެސް ދިރިއުޅުނު ރަށެކެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މި ފަޅު ރަށް އެކިއެކި މަސައްކަތް ކުރުމަށް ދޫކުރެ އެވެ. 

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް