ads
މަރު ކޮމިޝަނަށް އިސޫ ހާޒިރުކުރުން----ފޮޓޯ:ވަގުތު
ރިލްވާން ގެ މައްސަލާގައި އިސޫ މަރުކޮމިޝަނަށް ހާޒިރުކޮށްފި
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ އާއި ގުޅިގެން މަރު ކޮމިޝަނުގެ ތަހުގީގަށް އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މިއަދު ހާޒިރު ކޮށްފި އެވެ.

ނޫސްވެރިޔާ ރިލްވާން އަށް ވީނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. 

ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފަވާ އިސޫ މިއަދު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މެންދުރު ފަހު 14:30 ހާއިރު އެވެ. 

ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލަ އާއި ގުޅިގެން މީގެ ކުރިންވެސް މަރު ކޮމިޝަނުން ވަނީ އިސޫ އާ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭރު ދައުވާކޮށްފަ އެއްނުވެ އެވެ. 

އިސޫގެ އިތުރުން، މއ. ފާގަފިލާ، އަހްމަދު އިސްމާއިލް 39، އާއި ދަފްތަރު، އަހްމަދު މުއާޒް، 40 ހައްޔަރު ކުރުމަށްފަހު ތަހުގީގު ނިމި ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރުވަނީ ފޮނުވާފަ އެވެ. މި ތިން މީހުންވެސް ވަނީ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފަ އެވެ. 

މަރު ކޮމިޝަނުން އެންމެ ފަހުން ރިލްވާންގެ މައްސަލަ ނިންމައި އެކުލަވާލި ރިޕޯޓު ނެރެފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެރިޕޯޓުގައި ވަނީ އޭނާ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް