އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ ކުރިއަށްދާނީ އިސްލާމް ދީނުގެ ފުރިހަމަ މަހްފޫމުގައި ކަމަށެވެ. އަދި ބަޔަކު ކިތަންމެ ނުރުހުންވި ކަމުގައިވި ނަމަވެސް އަދާލަތު ޕާޓީން ފަސްޖެހުމެއް ނޯންނާނެ ކަމަށެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން މީގެ ދެތިން ދުވަހެއް ކުރިންވެސް މިފަދަ ވާހަކައެއް އެޕާޓީއާއި ބެހޭގޮތުން ވިދާޅުވެފައި ވެ އެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު އިމްރާން ވިދާޅުވެފައިވަނީ އަދާތަލު ޕާޓީ އުފައްދާފައިވަނީ ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ދަމަހައްޓަން މަސައްކަތްކުރަން ކަމަށާއި، އެމަސައްކަތް އެޕާޓީން ޒިންމާދާރު ކަމާއެކު އެކަން ކުރައްވަމުން އަންނަ ކަމަށެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަކީ އަބަދުވެސް އިސްލާމް ދީނުގެ އުސޫލުތައް ހިފަހައްޓައި ދީނީ މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
އިމްރާން ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާމް ދީނުގެ އުސޫލުތައް ފަނޑުވަމުން އަންނަ ކަމަށެވެ. އެހެން ކަމުން މި އުސޫލުތައް އަލުން އިއާދަ ކުރުމަށް އެޕާޓީގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މި ކަމުގައި ޒިންމާދާރު ކަމާއެކު އެޕާޓީ ދެމި ހުންނާނެ ކަމަށެވެ.