ads
ބ.އޭދަފުށީގައި ބަލި މީހަކު އެމްބިއުލައިސް އަށް އަރުވަނީ.. ފައިލް ފޮޓޯ
ބޮލުގެ 5 ތަނަކަށް އަދި ބަނޑަށް ވަޅިން ހަމަލާދިން، ގޮހޮރުވެސް އޮތީ ނިކުމެފަ
ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީގައި 45 އަހަރުގެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމުކޮށްލާފަ އެވެ. ހަމަލާދިނީ 43 އަހަރުގެ ބިދޭސީމީހެކެވެ.
Advertisement

ރޭ ހިނގި މިމާރާމާރީގައި ޒަހަމުވި މީހާ ބ. އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، "ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން އޭދަފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮލުގެ ފަސް ތަނަކަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ބަނޑަށް ދީފައިވާ ހަމަލާގަައި ގޮހޮރުވެސް ނިކުމެފަވާ ކަމަށެވެ.

މިވަގުތު އެ ޒަހަމްތަކުގެ ސާޖަރީތައް ހަދަމުން އަންނަ އިރު އެ މީހާގެ ހާލު ކުރިއަށްވުރެން ރަގަޅުކަމަށް ލަފާކުރެވޭ ކަމަށް ޑޮކްޓަރާއި ހަވާލާދީ ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް ގެނައިރު ބަޑަށް ވަޅި ހަރައިގެން ހުރީ ބޮޑު ބައެއް ފަޅައިގެން ގޮސް ގޮހޮރުވެސް ނުކުމެފަ. ބޮލުގެވެސް ފަސް ތަނަކަށް ހުރި ވަޅި ޖަހާފަ. މިވަގުތު ހުރިހައި ސާޖަރީތަކެއް ހަދަމުން ދަނީ. ޑޮކްޓަރުން ވިދާޅުވޭ ހާލު ރަގަޅުވަމުން އަންނަ ކަމަށް." އޭދަފުށީ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ އާއި ގުޅިގެން 43 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މާރާމާރީ ހިނގީ އަދި އެފަޅު ރަށުގައި އެދެމީހުން ތިބީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް މިފަހަކުން ބިދޭސީންގެ މެދުގައި މާރާމާރީތައް ވަނީ ގިނަވެފަ އެވެ. މިފަދަ މާރާމާރީތަކުގައި އެކަކު އަނެކަކަށް ބޮޑެތި ޒަހަމުތަކެއް ވެސް ލިބެ އެވެ. 

55%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް