ads
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ރޮކެޓް ހަމަލާތައް
އިސްރާއީލުން ގައްޒާއަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފި
އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފި އެވެ.

އިސްރާއީލުން ހަމަލާތައް ދޭން ފަށާފައި މިވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑައިން އިސްރާއީލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސައުދީ އަށް ފުރާވަޑައިގެންނެވިތާ މަދުވަގުތު ކޮޅެއްގެ ތެރޭގަ އެވެ. 

ފަލަސްތީނުގެ ގައްޒާއަށް އިސްރާއީލުން ރޮކެޓް ހަމަލާތައް ދޭން ފަށާފައި މިވަނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ހަމަލާތަކުގެ ޒިންމާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ނަގާފައި ނުވެ އެވެ. 

މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ ސަރުކާރުން ބުނީ، މިއީ ބަދަލުގައި ދެމުން އަންނަ ހަމަލާތަކެއް ކަމަށާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލުގެ މުހިއްމު ތަންތަނަށް ހަމަލާތައް ދެމުން އަންނަ ކަމަށެވެ. އަދި އެކަމަށް ރައްދުގައި އިސްރާއީލުން ހަމަލާތައް ދެމުން އަންނާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. 

ފަލަސްތީނުގެ ގައްޒާއަށް އިސްރާއީލުން ހަމަލާތައް ދޭން ފަށާފައި ވާއިރު، އެމެރިކާގެ ރައީސް މެދުއިރުމަތީގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީނުގެ ސަރުކާރާއި އެކު ބޭއްވެވި ބައްދަލުވުމުގައި، ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީނަށް އެހީވުމަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް