ads
ރަސްފަރި ފަރަށް އެރި ބޯޓު ފޮޓޯ:---
ރަސްފަރި ފަރަށް ބޯޓެއް އެރުމުން ލިބުނު ގެއްލުން އިއާދަކުރުމުގެ މަސައްކަތް ފަށަނީ
ރަސްފަރި ފަރަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެރި އާގު ބޯޓުގެ ސަބަބުން ލިބުނު ގެއްލުންތައް އިއާދަ ކުރުމުގެ މަސައްކަށް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) ބުނެފި އެވެ.
Advertisement

 މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ރަސްފަރު ފަރަށް އެރީ، ޕެންމާ އެމްވީގެ "އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ އާގު ބޯޓެކެވެ. އެ ބޯޓު އެ ފަރަށް އެރުމުން ފަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެ އާގު ބޯޓު އެފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެފަރު އަލުން އިއާދަކުރުމަށް ކުރަންޖެހޭ ހަރަދުތައް ހިމެނޭހެން އީޕީއޭއިން ވަނީ އެ ބޯޓުގެ ވެރިފަރާތް 154.2 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. 

"ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ ފަރަށް ލިބުނު ގެއްލުންތައް އިއާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައި ވާކަމަށާއި، ފަރަށް ލިބުނު ގެއްލުމާއި ގުޅިގެން އެ ބޯޓުގެ ވެރިފަރާތް ކުރި ޖޫރިމަނާގެ ވަކި ބައެއް އެ ފަރު އިއާދަކުރުމަށް ހާއްސަ ކުރެވިފައި ވާކަމަށެވެ. 

ނައީމް އިތުރަށް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުންތައް އިއާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ފަރުގައި އަލުން މުރަކަ އިންދުމާއި، އެ މަސައްކަތަށް ބޭނުންވާ އެކި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ފަރަށް ބޯޓެއް އެރުމުން ކުރެވޭ ޖޫރިމަނާއިން ފަރު އިއާދަ ކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވޭ މަސައްކަތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ނައީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ފަރު އަލުން އިއާދަކުރުމަށްޓަކައި ސަރުކާރުން ވަނީ ސްޓޮރޭޝަން ޓްރަސްޓް ފަންޑެން އުފައްދާފައި ކަމަށާއި، އެ ފަންޑުގައި މިކަމާއި ގުޅޭ މިނިސްޓްރީ ތަކުގެ ބޭފުޅުން ތިއްބަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ފަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ހުށަހަޅާފައި ވާކަމަށާއ، އެކަން ހަމަޖެހުމުން ފަރުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

ފަރު އަލުން އިއާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އީޕީއޭގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް