ވިކީ އަދި ކެޓްރީނާ:
ކެޓްރީނާ ކައިފްގެ އުފަންދުވަސް ރާއްޖޭގައި ފާހަގަކުރަނީ
Share
ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ 39 ވަނަ އުފަންދުވަހަށް އޭނާ ރާއްޖެ އަތުވެއްޖެ އެވެ.
Advertisement

ކެޓްރީނާ ރާއްޖެ އައިސްފައިވަނީ އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެގެ ވަގުތެއްގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިޔާގެ ބައެއް ނޫސް ތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

ހިންދީ ފިލްމީ ތަރި ކެޓްރީނާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އޭނާ މިވަގުތު ބަނޑުބޮޑު ކަމަށް ވެސް ބައެއް މީޑިޔާ ތަކުން ވަނީ އިއްޔެ ރިޕޯޓް ކޮށްފަ އެވެ. 

ކެތުރީނާގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކެތުރީނާ ބަނޑު ބޮޑުކަން ޔަގީނެވެ. އަދި މިއަދުގެ ވަގުތެއްގައި އެކަން އިއުލާނު ކުރާނެ ކަމަށް ވެސް ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކެޓްރީނާގެ އުފަންދުވަހުގެ މި ދަތުރުގައި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް އާއި ސަނީ ކައުޝަލް، ޝަރުވަރީ ވާގް، މިނީ މަތޫރު އަދި ކަބީރު ޚާން ވެސް ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ.  

ކެޓްރީނާގެ ފިލްމީ ދާއިރާގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ބިރުވެރި އަދި ކޮމެޑީ ފިލްމެއް ކަމަށްވާ "ފޯން ބޫތު" އާއި ބޮލީވުޑުގެ ކުޅަދާނަ ބަތޮލެއްގެ ރޯލް ގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ސަލްމާން ހާން އާއި އެކު ކުޅެފައިވާ  "ޓައިގާ3" ގެ މަސައްކަތްތަކެވެ.  

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް