ads
ޒިޔާދު އަދި ވާސިފް
ޒިޔާދު އިނދަޖައްސާލި ނިއު، ވާސިފްގެ ހިއްވަރުން އެނބުރި އައުން
ކާނަލް މުހައްމަދު ޒިޔާދުގެ މޭސްތިރިކަމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކުލަބު އިނދަޖެހިގެން ދިޔައީ އެންމެން ބަލަބަލާ ތިއްބައެވެ. ކްލަބު އިނދަ ޖައްސާލުމަށް ފަހު، ފަހު ވަގުތު ޒިޔާދު އިސްތިއުފާވެސް ދިނީއެވެ.
Advertisement

ދެހާސް ސަތާރަވަނަ އަހަރު ނިއުގެ ޗެއަރމަންކަމާ ޒިޔާދު ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާއެކުއެވެ. ފޮނި ހުވަފެންތައް ދެއްކިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ޓީމެއް ރާއްޖެ ގެންނަ ވާހަކައާ، ދިވެހި ކުޅުންތެރިން ބޭރުގެ ލީގުތަކަށް ފޮނުވާނެ ވާހަކައާ، ކްލަބު ހައުސްއާ، ކްލަބުގެ މަރޗެންޑައިޒްއާ ދެން މިހެން ގޮސް ނުދައްކާކަށް ފޮނި އެއްވެސް ވާހަކައެއް ނެތެވެ. 

އިނގިރޭސި ޕްރިމިއާ ލީގު ނުވަތަ ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ކެޓަގަރީގެ ޓީމެއް އޮފް ސީޒަނުގައި ރާއްޖެ ގެނެެސް (މެޗުތަކެއް ކުޅެން) ވާހަކަދައްކަމުން މި އަންނަނީ. މި ބަލަނީ މީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް މި އަހަރު ރާއްޖެ ގެނެވޭތޯ. އެގޮތުން އޭގެ ތެރެއިން އެއް ކްލަބުގެ އޯނަރާ (އަންނަ ހަފުތާގައި) ބައްދަލުކުރަން ހަމަޖެހިފައިވަނީ

ކުޑަ ދުވަސްކޮޅަކު ނިއު ގެންގުޅުމަށް ފަހު ޒިޔާދު ނިއު ދޫކޮށްލިއިރު ޓީމު އޮތީ ހަމަ ރަނގަޅަށް އިނދަޖެހިފައެވެ. ކުޅުންތެރިންނަށް މުސާރައެއް ނުދެއެވެ. ތަންތަނުން ހޯދާފައިވާ ޚިދުމަތަށް ފައިސާ ނުދައްކައިގެން ކޯޓުގައި މައްސަލަތައްވެސް އޮތެވެ. ހުރިހާ ކަމެއްގެ މައްޗަށް ސަސްޕެންޝަނެއް އައުމުން ނިއުއަށް ހިންދެމިލެވޭ ގޮތްވެސް ނުވިއެވެ. ފީފާގެ އަދަބުތަކާ އަދި އެފްއޭއެމްގެ އަދަބުތަކާއެކު ނިއު ހަމަ ރަނގަޅަށް އިނދަޖެހުނީއެވެ.

އެ ހިސާބުން ދެން ނިއުއާ ހަވާލުވީ ނިއުގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާއެވެ. އެކަމަކު ސިޑި ބަރީގައި އަޑު ގަދަކުރިނަމަވެސް ނިއުގެ ޗެއަރމަންކަމުގައި މޮސްޓާއަކަށް އަޑު ގަދައެއްވެސް ނުކުރެވުނެވެ. އަދި އެއްވެސް ކަމެއްވެސް ނުކުރެވުނެވެ. އެ ވަގުތު ދިމާވީ ކޮވިޑުގެ ނުރައްކާތެރިކަންވެސް ކުރިމަތިވީ ވަގުތާއެވެ.

ނިއު ހާލުގައި ޖެހި އޮޔާދާ މަންޒަރު ބަލަން ކެތް ނުވި މީހަކީ މިއަދުގެ ޗެއަރމަން ވާސިފްއެވެ. ވާސިފު ހުރީ ނިއުއަށް ވާނެ ގޮތެއް ވާން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ނިއު އަލުން ގެންނަން ވާސިފު ހުރީ ތައްޔާރުވެގެންނެވެ. ފުރަތަމަ، ރޭޑިއަންޓުގެ ނަމުގައި މުޅިން އާ ކްލަބެއް ހަދައިގެން ނިއުގެ ލެގަސީ ގެނެވޭތޯ ވާސިފް ފެށި މަސައްކަތަށް ކުރިއެރުމެއް ނުލިބުމުން ދެން ފެށީ އަސްލު އުނދަގޫ މަސައްކަތެވެ. އެއީ މާލީ ގޮތުން ބޮޑު ވަޅުގަނޑެއްގައި އޮތް ނިއުރޭޑިއަންޓް ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތެވެ.

މި މަސައްކަތުގައި ވާސިފު ގޮސް އެންމެ ފުރަތަމަވެސް ބައްދަކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެވެ. އަދި ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތުގެ ނަތީޖާއަކީ ފީފާގެ އަދަބުތަކާއި، އެފްއޭއެމްގެ ސަސްޕެންޝަނުން ވީއްލި، ނިއު އަލުން ފުޓްބޯޅައަށް ގެނައުމެވެ. މި އުނދަގޫ ދަތުރު ވާސިފް ފެށީ ހިއްވަރާއެކުއެވެ.

ސީދާ ރައީސުލްޖުމްހޫރިއްޔާގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން މިއަދު ވަނީ ނިއު ރޭޑިއަންޓް އަލުން އަނބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވާފަ. ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށުން މިކަން ކުރިއަށްދާކަން ތިހުރިހާ ސަޕޯޓަރުންނަށް ދަންނަވާލަން. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް މިކަމުގައި

ތިން އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނުގައި ފުޓްބޯޅައިން ދުރުގައި އޮތުމަށް ފަހު ނިއު އަލުން އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ. ދެވަނަ ޑިވިޝަނުގައި ނިއު ކުޅޭ މެޗު މިރޭ އޮންނާނީ މާފަންނު ޓަރފް ދަނޑުގައެވެ. ނިއު އަލުން އެނބުރި ފުޓްބޯޅައަށް ގެނުއުމަށް ވާސިފް ކުރި ހިއްވަރުގަދަ މަސައްކަތަކީ ހަގީގަތުގައިވެސް ފާހަގަ ކުރަން ޖެހޭ މަސައްކަތެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް