ads
ރާއްޖޭގެ އާބާދީ ބެލުމަށް ބޯހިމެނުމުގެ މަސައްކަތް ފަށަނީ..
ބޯހިމެނުމުގެ މަސައްކަތައް ދުވާލަކު 500 ރުފިޔާ، ޓްރެއިން ތައް މާދަމާ ފަށަނީ
ބޯހިމެނުމުގެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ޓްރެއިނަރުންނާއި، އެނިއުމަރޭޓަރުންގެ ތަމްރީނުތައް މާދަމާ ފަށާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއޯއެސް) އިން ހާމަކޮށްފި އެވެ.
Advertisement

އެމްބީއޯއެސް އިން ބުނީ މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ މި މަސައްކަތައް ބޭނުންވާ ޓްރެއިނަރުންގެ މަސައްކަތް ކަމަށެވެ. އެގޮތުން ޓްރެއިނަރުން ތަމްރީނު ކުރުމަށް ދެ ބެޖަކަށް ވަނީ ބަހާލާފަ އެވެ. 

ފުރަތަމަ ބެޖުގެ ޓްރެއިނިން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް މި ޓްރެއިނިން ކުރިއަށް ދާނެ އެވެ. 

ދެވަނަ ބެޗްގެ ޓްރެއިނިން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. 

ބޯހިމެނުމަށް ބޭނުންވާ އެނިއުމަރޭޓަރުން ތަމްރީނު ކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނި މާލޭގަ އެވެ. އެނިއުމަރޭޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ބެޗަކަށް ބަހާލައިގެންނެވެ. މި ތަމްރީނުތައް ބާއްވަނީ އަންނަ މަހުގެ 14 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. 

ބޯހިމެނުމުގެ މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެވަންސް އެއް ދިނުމަށް ވަނީ އެމްބީއޯއެސް އިން ނިންމާފަ އެވެ. 

އަދި މި މަސައްކަތުގެ ތަމްރީން ފުރިހަމަ ކޮށްފައިވާ ފަރާތެއް ނަމަ މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް އިތު 100 ރުފިޔާގެ އެވަންސް އެއް ލިބޭ ގޮތަށް ވަނީ ހަޖައްސާފަ އެވެ. 

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން ބޯހިމެނުން ކުރިއަށް ގެންދިޔައި 2009 ވަނަ އަހަރުގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް