ads
ރެހެންދި ސްކޫލުގައި ބޭއްވި ސްޓޯލްގެ ތެރެއިން.. ފޮޓޯ އެމްވީ ކްރައިސަސް
ރެހެންދި ސްކޫލުގެ އިވެންޓުގައިވެސް ޖިންސީ ކަންތައްތަކެއް!
ޖިންސީ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަ މިދުވަސްވަރުގައި ރެހެންދި ސްކޫލުން އިންތިޒާމުކޮށްގެން ބޭއްވި އިވެންޓުގައިވެސް ޖިންސީ ކަންތައްތަކެއް ހުރިކަން ފެންމަތިވެ ފާޑުކިއުންތައް އެ ސުކޫލަށް އަމާޒުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން އިންތިޒާމުކޮށްގެން ބޭއްވި "ރެހެންދި ސޭލް" ސްޓޯލުގައި ވަނީ މުޖުތަމައާއި ނުގުޅޭ އާންމު އިޖުތިމާއީ މިންގަނޑު ތަކާއި ހިލާފު ޖިންސީ ކަންކަމަށް ހިތްވަރުދޭ މެނޫއެއް ބަހަށްޓާފަ އެވެ. 

މި މެނޫގެ ފޮޓޯއެއް މީސް މީޑިޔާގައި އާންމު ވުމާއެކު ރެހެންދި ސްކޫލުން ވަނީ ބަޔާނެއް ނެރެ އެ ކަމަކީ ސުކޫލުގެ މެނޭޖްމަންޓަށް ވެސް ނޭނި ބެލެނިވެރިން އިންތިޒާމު ކުރި ކަމެއް ކަމަށް ބުނެ އާންމުންގެ ކިބައިން އެކަމުގައި މާފަށްވެސް އެދިފަ އެވެ. 

ހުރިހައި ދަރިވަރުންނާއި ބެލެނުވެރިން އަދި އާންމު ފަރާތްތަކަށްވެސް ފެންނާނެހެން އާންމުކޮށް ހުޅުވާލާފައިވާއިރު ސްކޫލުން ބުނީ އެ މެނޫ ބޯޑުގައި ވަނީ އެންމެ ރަގަޅު އިބާރާތްތައް އެކުލެވޭ ނަންތަކެއް ނޫން ކަމަށްވެސް ފަހުން ބުނެފަ އެވެ.

މެނޫ ބޯޑުގައި މޮކްޓެއިލް ބުއިންތަކަށް ދީފައިވާ މި ނަންތަކުގެ މައްސަލަ އަށް ސްކޫލުން މާފަށް އެދިފައިވާއިރު އެކަން ކުރެވިފައިވަނީ އެއީ އިންޓަރނޭޝެނަލް މެނޫގައި ހުންނަ ނަންތަކެއް ކަމަށް ވާތީ އެކަން ކުރެވުނީ މާބޮޑަށް ވިސްނައި ނުލައި ކަމަށް ބުނެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް