
އެގައުމުގެ ސިއްހީ އިދާރާއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވެގެން ދިޔަ 24 ގައިރުގެ ތެރޭ އެގައުމުން މި ބައްޔަށް އިތުރު 344 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އޭގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ގިނަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މިހާތަނަށް އެގައުމުން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1،814 އަށް އަރާފަ އެވެ.
މީގެ އިތުރުން އެގައުމުގެ ސިއްހީ އިދާރާއިން ބުނީ މި ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އިތުރު ވެގެން ދާނެ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ހާއްސަ ސަމާކުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މިބަލި ފެތުރެމުން އަންނައިރު މި ބަލި އެންމެ ގިނައިން ޖެހިފައިވާ މީހުން ތިބީ ސްޕެއިންގަ އެވެ. އެގައުމުން މިހާތަނަށް 3،675 މީހަކަށް ވަނީ މިބަލި ޖެހިފަ އެވެ.