
އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާ އިން އެގައުމުގެ ހުރިހާ ހިސާބެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ، އެގައުމުގެ ހޫނުމިން އިންތިހާ ދަރަޖައަށް ގަދަވުމާއި ގުޅިގެންނެވެ.
އެއިދާރާއިން ބުނެފައި ވަނީ، ކުރިއަށް ހުރި ދުވަސްތަކުގައި އެގައުމުގެ ހޫނުމިން "އެކްސްޓްރީމް ހީޓް" އަށް ދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނާއި ތަކެއްޗަށް ގެއްލުން ކުރިމަތިވާނެ ކަމަށެވެ.
"ކުރިއަށް ހުރި ދުވަސްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ވަރަށް ހޫނު ގަދަވާނެ. ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން."
އެގައުމުގެ މޫސުމާބެހޭ އިދާރާ އިން އިތުރަށް ބުނީ، ހޫނު ގަދަވުމުގެ ސަބަބުން ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހޫނުމިން މައްޗަށް ދިއުމާއި ގުޅިގެން ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.