ads
ގޮޓަބަޔާ އާއި އަންހެނުން ލޯމާ ކާރެއްގައި---
ސިންގަޕޫރު ދޫކޮށް ވަޑައިގަތުމަށް ގޮތަބަޔާއަށް އެގައުމުގެ ސަރުކާރުން އަންގައިފި
ލަންކާގެ ރައީސް ކަމުން މިދިޔަ ހުކުރު ދުވަހު އިސްތިއުފާ ދެއްވި، ގޮތަބަޔާ ރާޖަޕަކްސަ ކުރިއަށް އޮތް 15 ދުވަސްތެރޭ ސިންގަޕޫރު ދޫކޮށް ވަޑައިގަތުމަށް އެގައުމުގެ ސަރުކާރުން އަންގައިފި އެވެ.

އުމުރުން 73 އަހަރުގެ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެމަނިކުފާނުގެ ދެ ހަށިފާރަވެރިޔަކު ވަނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕްރައިވެޓް ޖެޓެއްގައި ރާއްޖެއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ސިންގަޕޫރަށް ދިއުމުގެ ކުރިން ޓްރާންސިޓް ވުމަށެވެ. 

ސިންގަޕޫރުގެ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ދެ ހަށިފާރަވެރިން 15 ދުވަސްތެރޭ ސިންގަޕޫރު ދޫކޮށް ވަޑައިގަތުމަށް އަންގާފައި ވާކަމަށެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް ސިންގަޕޫރު ސަރުކާރުން ނުވިސްނާކަމަށްވެސް އޮފިޝަލާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ރާޖަޕަކްސަ ސިންގަޕޫރު ދޫކޮށް ވަޑައިގަތުމަށް އަންގާފައި ވާއިރު، އެމަނިކުފާނު ވަނީ އިންޑިއާގެ އެހީތެރިކަން ހޯދުމަށް އެދިފައި ކަމަށް ބައެއް ރިޕޯޓް ތަކުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އިންޑިއާގެ ސަރުކާރުން ގޮޓަބަޔާ އަށް ހިމާޔަށް ދިނުމަށް ދެކޮޅު ހަދާފައި ވާކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

ރާޖަޕަކްސަ އެގައުމުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފިއްލަވައިގެން ރާއްޖެ އައުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ދިވެހި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ރާޖަޕަކްސަ ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ، އެގައުމު ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގަން ފަހުންނެވެ. 

75%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް