ads
ލަންކާގައި ތެޔޮގަތުމަށްޓަކައި ގިނަ ބަޔަކު ކިއު ހަދާފައި
ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ.

އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވަމުން އެގައުމުގެ ރައީސް ކަމުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި، ރަނިލް ވިކްރަމަސިންހަ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނިންމީ، އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގްސަދުގައި ކަމަށެވެ. 

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ގައުމުގެ އާއްމު މަސްލަހަތު ހިމާޔަތް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމާއި، އާއްމުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. 

ލަންކާގައި މިއަދުން ފެށިގެން ކުއްލި ހާލަތު އިއުލާން ކުރައްވާ ކަމަށާއި، ސަރުކާރުން ވަކިގޮތެއް އަންގަންދެން ކުއްލި ހާލަތުގެ މުއްދަތު ދެމިއޮންނާނެ ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ. 

ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކަށް 100 އަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު، އެގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ގޮތަބަޔަ ރާޖަޕަކްސަ ވަނީ މި މަހުގެ 14 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް