މި މަހުގެ 13 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން އެދުވަހު ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.
އަލަމް ގިރު ހައްޔަރު ކުރުމުން ފުލުހުން "ސީއެންއެމް" އަށް ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުހުން ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ފުލުހުން ވަނީ ގިނަ ބަޔަކު ބްލެކްމެއިލް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފަ އެވެ.
އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މީސް މީޑިޔާގައި އަޑު ފެތުރިފައިވާ އެކަކުވެސް އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ.
އަލަމްގިރުގެ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުގެ ލިސްޓުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. މި ކަންތައްތަކަށް ނާޒިމް އިންކާރު ކޮށްފައިވާއިރު ކާނަލް ބުނެފަިއވަނީ އޭނާ ދިޔައީ ބިޒްނަސް މީޓިން އަކަށް ކަމަށެވެ.
ކާނަލް ނަޝީދުވެސް ބުނެފައި ވަނީ މިފަދަ އަމަލެއް އޭނާ އަލަމްގިރު އާއެކު ނުހިންގާ ކަމަށެވެ.
މީސް މީޑިޔާގައި މިފަދަ ވީޑިއޯތަކެއް ދައުރުވަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން ދާތީ އެކަންވެސް ފުލުހުން ދަނީ ބަލަމުންނެވެ.
އަނދުން ހުސެއިން އާއި ގުޅޭގޮތުން މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯގައި ފެންނަނީ އޭނާ އާއެކު އިތުރު ފިރިހެނަކާއި އަންހެނަކު ބަރަހަނާ ވެގެން އެނދުގައި އޮށޯވެގެން ތިބޭ މަންޒަރެވެ.
ދާދި ފަހަކުން ވަނީ ޓިކްޓޮކުގައި މަޝްހޫރު ތަރި މަރިޔަމް ޝިފާ އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއްގެ ވީޑިއޯ ތަކެއްވެސް މީސް މީޑިޔާގައި ދައުރުވާން ފަށާފަ އެވެ.
ޖިންސީ މައްސަލަތައް ރާއްޖޭގައި މިފަކަށް އައިސް އިތުރު ވަމުން އަންނަ އިރު މިމަހުގެ ހަ ވަނަ ދުވަހު ވަނީ ހދ. ކުޅުދުއްފުށީގައި ސްކޫލުގެ ސީނިއާ ޓީޗަރަކު އެސްކޫލުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވެފަ އެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު ކ. ދިއްފުށީގައި 14 އަހަރުގެ ކުޑަކުއްޖަކާ ބެހިގެން ކަމަށް ބުނެ އެރަށުގެ ރައްޔިތުން ނިކުމެ އެކަން ކުރި މީހާ ބަރަހަނާކޮށް ވަރަށް ބޮޑަށް އަނިޔާކުރި މައްސަލަވެސް ވަނީ ފެންމަތި ވެފަ އެވެ.