ޕްލޭނިންގް މިނިސްޓްރީން ބުނީ އިނގުރައިދޫގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާ އެއްގޮތަށް އާރް.އޯ ސިސްޓަމަށް ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވޭނެ ނިޒާމެއް ކަމަށެވެ.
މި ނިޒާމުގެ ދަށުން ދުވާލަކަށް 40 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށްފަ އެވެ.
އަދި ތިން ޕަންޕިންގ ސްޓޭޝަން އާއި 10.91 ކިލޯމީޓަރުގެ ފެނުގެ އަދި 11.11 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެއް ގާއިމުކޮށްފައިވެ އެވެ.
އިނގުރައިދޫ އާރޯ ޕްލާންޓު...
އިނގުރައިދޫގައި މި މަސައްކަތް ކުރި ކޮންޓްރެކްޓަރަކީ އެލްޓެކް މޯލްޑިވްސް ކިޔާ ކުންފުންޏެކެވެ.
ޕްލޭނިންގް މިނިސްޓްރީން ދަނީ ރާއްޖޭގެ ގިނަ ރައްރަށެއްގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުންނެވެ.