ads
އޮސްކާ ބްރޫޒޮން
އޮސްކާ ޖެހިޖެހިގެން ތިންވަނަ ފަހަރު ބަންގްލަދޭޝް ލީގު ކާމިޔާބުކޮށްފި
ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން، ބަޝަންދުރާ ކިންގްސްއިން ވިދިވިދިގެން ތިންވަނަ އަހަރު ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން ހޯދައި، އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދައިފިއެވެ.

ދެހާސް ނަވާރަވަނަ އަހަރު، ނިއުރޭޑިއަންޓުގައި ހުރުމަށް ފަހު ބަންގްލަދޭޝްއިން ލިބުނު ފުރުސަތެއްގައި އެ ގައުމުގެ ބަޝަންދުރާ ކިންގްސްއާ ހަވާލުވި ކޯޗު އޮސްކާ ބުރޫޒޯންގެ އިރުޝާދުގެ ދަށުން ބަޝަންދުރާއިން ތިންވަނަ ފަހަރަށް ލީގު ކާމިޔާބު ކުރީ މިއަދު ސައިފް ސްޕޯޓިން ބަލިކުރުމަށް ފަހުއެވެ. 

ސައިފް ސްޕޯޓިން ދެ ލަނޑު ސުން ލަނޑުން ބަލިކޮށް ލީގު ކަށަވަރު ކުރިއިރު، އެ ޓީމު އަދި ލީގުގައި ކުޅެން ޖެހޭ ދެ މެޗު ބާކީ އެބައޮތެވެ. ބަޝަންދުރާއިން ލީގު ޗެމްޕިއަންކަން ހޯދީ، ވިހި މެޗުން ފަންސާސް އެއް ޕޮއިންޓް ހޯދައިގެންނެވެ.

ބަޝަންދުރާ ކިންގްސްއަށް ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދިން އޮސްކާވަނީ ރާއްޖޭގައި ހޭދަ ކުރި އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ހުރިހާ މުބާރާތެއް ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދީފައެވެ. އެއީ އެފްއޭކަޕާ، ޕްރިމިއަރ ލީގު އަދި އޭރު ކުޅޭ މާލޭ ލީގުގެ އިތުރުން ޗެރިޓީ ޝީލްޑެވެ. އޮސްކާ ރާއްޖޭގައި ހޭދަކުރި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އޭނާވަނީ ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް