މޯހަން ބަގާންގެ ކެޕްޓަން ރޯއީ ކްރިޝްނާއަކީ އޭއެފްސީ ކަޕުގައި މި އަހަރު އަދި މި ދިޔަ އަހަރުވެސް ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. މި އަހަރު އިންޑިޔާގެ ކަލްކަތާގައި މާޒިޔާއާ ދެކޮޅަށް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކްރިޝްނާވަނީ އެ މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެ މެޗުން މޯހަން ބަގާން މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ.
މިދިޔަ އަހަރު މާލޭގައި އޮތް އޭއެފްސީ ކަޕްގައިވެސް މާޒިޔާއާ ދެކޮޅަށް ކްރިޝްނާ ކުޅުނެވެ. މިދިޔަ އަހަރު މާލޭގައި މާޒިޔާއާ ދެކޮޅަށް އޭނާވަނީ ލަނޑުވެސް ޖަހާފައެވެ. މި އަހަރުވެސް މިދިޔަ އަހަރުވެސް މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނި ކްރިޝްނާ ކުޅުނު މޯހަން ބަގާންވަނީ ގްރޫޕުގެ އެއްވަނަ ހޯދައިގެން އޭއެފްސީ ކަޕުގެ އަނެއް ބުރުން ފުރުސަތު ހޯދާފައެވެ.
ފިޖީގެ ގައުމީ ޓީމުގެވެސް ކެޕްޓަންކަން ކުރަމުން އަންނަ ކްރިޝްނާ މޯހަން ބަގާން ދޫކޮށް ވާދަވެރި ބެންގަލޫރު އެފްސީއަށް ބަދަލުވީ ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން މޯހަން ބަގާންއަށް ކުޅުމަށް ފަހުއެވެ. އޭނާވަނީ އެ ޓީމަށް ތިރީސް ހަ ލަނޑު ޖަހާފައެވެ.