ޒްލަޓާން އިބްރޮހޮމަވިޗްވަނީ މިދިޔަ ސީޒަންގެ އިޓާލިއަން ލީގު އޭސީ މިލާނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. އޭނާވަނީ ލީގުގައި މި ދިޔަ ސީޒަންގައި އަށް ލަނޑު ޖަހާފައެވެ. ސީޒަންގެ ފަހުކޮޅު ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ޒްލަޓާންވަނީ މެއި މަހު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން ދުވަސްވިޔަސް އަދިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒްލަޓާންވަނީ މީގެ ކުރިން ބާސެލޯނާއާ މެންޗެސްޓަރ ޔުނައިޓެޑް އަދި ޕީއެސްޖީގެ އިތުރުން އެމެރިކާގައިވެސް ކުޅެފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިޔުއެއްގައި އޭނާ އަދި ކުޅުން ހުއްޓާލަން ހިތަށްވެސް ނާރާކަމަށްވަނީ ބުނެފައެވެ. ޒްލަޓާންވަނީ މި ފަހުުން އަނެއްކާ ސްވިޑުންގެ ގައުމީ ޓީމަށްވެސް އަލުން ނަގާފައެވެ.